10 Apr 2020, 19:01
އަލިހުރަސް ކަނޑުތެރެއިން ބާޖެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ބާޖު، ކ.ގިރާވަރުގެ ދެކުނު ކަނޑުއޮޅިން ނުކުމެ އޮޔަށް ގެންދަނީ ހުޅަނގު ދެކުނަށް ކަމަށެވެ. އަދި ބާޖުގައި އެއްވެސް މީހަކު ނެތް ކަމަށާއި އެއްވެސް އަލިކަމެއް ވެސް ނުހުންނާނެކަމަށް ބާޖުގެ ވެރިފަރާތުން ކޯސްޓްގާޑަށް މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
"މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެެވެ. އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މި ސަރަޙައްދުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް އިލްތިމާސްކުރަމެވެ." އެމްއެންޑީއެފް ބުންޏެވެ.
މި އުޅަނދަކީ ދިގުމިނުގައި ގާތްގަނޑަކަށް 100 ފޫޓު ހުރި ދަގަނޑު ބާޖެކެވެ.