މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން މަރުވާ ސްޕެއިން މީހުންގެ އަދަދު ދަށަށް ދާން ފަށައިފިއެވެ.

ޔޫރަޕްގައި ކޮރޯނާ އެންމެ ބާރަށް ފެތުރެމުންދާ ސްޕެއިންއިން އިއްޔެ މަރުވެފައިވަނީ 605 މީހުންނެވެ. މިއީ މާޗް 23 ގެ ފަހުން އެންމެ މަދުން މީހުން މަރުވި ދުވަހެވެ. މިހާތަނަށް ސްޕެއިންއިން ވަނީ 15،843 މީހުން މަރުވެފައެވެ.

މަރުވާ މީހުންގެ އަދަދު ދަށްވާން ފެށިއިރު ބަލި ޖެހޭ މީހުންގެ އަދަދުވެސް ވަނީ ދަށަށް ދާން ފަށައިފަ އެވެ. މިހާތަނަށް ސްޕެއިންއިން ކޮވިޑް ޖެހިފައިވާ 157،022 މީހަކު ވަނީ ފެނިފައެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒް މިހާރު ވަނީ އެގައުމުގައި އިއުލާންކޮށްފައިވާ ކުއްލި ހާލަތު މިމަހުގެ 25 އާ ހަމައަށް ދަންމާލުމަށް ޕާލެމަންޓަށް ހުށަހަޅައިފަ އެވެެ. އަދި އެގޮތަށް ކަންތައްތައް ގޮސްފިނަމަ ބަލިޖެހޭ މީހުންގެ އަދަދު މަދުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ޕްލޭންއަށް ސްޕެއިންގެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ތާއިދުވަނީ ލިބިފައެވެ. ނަމަވެސް ސަރުކާރުން ފިޔަވަޅުތައް އެޅުމުގައި ލަސްކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ކޮރޯނާއާ ގުޅިގެން ސްޕެއިންއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ބޮޑުވަޒީރު ވަނީ 109 ބިލިއަން ޑޮލަރުގެ އެއިޑް ޕެކޭޖްއެއްވެސް އިއުލާންކުރައްވައިފައެވެ.

މިހާތަނަށް މުޅި ދުނިޔެއިން އެއްމިލިއަން ހަލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު އެބަލީގަިއ 96,783 މީހުން ވަނީ މަރުވެފައެވެ.