10:00


އިޓަލީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އިޓަލީވިލާތުގެ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން، ތަފާތު ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އަދި ތިމާވެށްޓާއި މޫސުމާއި ހަކަތައާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އެއްބަސްވުމަކަށް އައުމަށްޓަކައި ރޯމްގައި އޮތް ބައިނަލްއަޤްވާމީ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މީގެ އިތުރުންވެސް، މިދަތުރުފުޅުގައި ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ބެހޭ އެއްބަސްވުމެއްގަޔާއި، ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާގެ އައުޓް ޕޯސްޓެއް، ފ. މަގޫދޫގައި ޤާއިމުކުރުމަށްޓަކައި، އެ ޔުނިވަރސިޓީއަށް ޢިމާރާތެއް ޙަވާލުކުރުމާބެހޭ އެއްބަސްވުމެއްގައިވެސް ދިވެހި ސަރުކާރުން ސޮއިކޮށްފައިވެ އެވެ.