ރެޑްވޭވުން ވިއްކާ ފިޔާ، ބިސް އަދި އަލުވީގެ އަގު ހެޔޮކޮށްފި އެވެ.

ރެޑްވޭވުން ބުނީ މިއަދުން ފެށިގެން ރެޑްވޭވްގެ ހުރިހާ ފިހާރަތަކުން ފިޔާ އަދި ބިސް އަގުހެޔޮކޮށް ލިބޭނެ ކަމަށެވެ.

އެގޮތުން ރަތް ފިޔާ ކިލޯއެއް 15 ރުފިޔާ އަށް ހުދު އަލުވި ކިލޯއެއް 15 ރުފިޔާއަށް އަދި ހުދު ބިހެއް 1.50 ރުފިޔާއަށް ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުން ބުނީ މިދުވަސްވަރަކީ މާލީ ގޮތުން ގިނަ ފަރާތްތަކަކަށް ދަތިވެފައިވާ ދުވަސްވަރެއް ކަމަށާއި އެހެން ކަމުން ހެޔޮ އަގުގައި މުދާ ވިއްކާ ފިހާރަތަކުން ވިޔަފާރި ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ރެޑްވޭވްއަކީ ގިނަ އަދަދެއްގެ މުދާ އެއްތަނަކުން ކަސްޓަމަރުންނަށް ހެޔޮއަގުގައި ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. މިހާރު ރެޑްވޭވްގައި ކުރިއަށްދާ ރޯދަސޭލްގައި ކުރާ ކޮންމެ 500 ރުފިޔާއަށް ލިބޭ ކޫޕަނުން 100،000 ރުފިޔާ އަދި އިތުރު އިނާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ރެޑްވޭވުން ދަނީ ކޮރޯނާ އާ ގުޅިގެން ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް މާލެ އާއި ހުޅުމާލޭގައި ދެމުންނެވެ.