09 Apr 2020, 13:40
ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކޮށްފި އެވެ.
މިނިސްޓްރީގެ ޕީއެސް ކަމަށް އައްޔަންކުރައްވާފައި ވަނީ އަބުދުއްރަހްމާން ސޮލާހު ރަޝީދެވެ. ސޮލާހު މީގެކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.
ސޮލާހަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެވެ.
ޕާމަނަންޓް ސެކެޓްރީގެ މަގާމަށް އައްޔަންކުރި ސޮލާހަށް މިއަދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ މަރުހަބާ ދަންނަވައިފަ އެވެ.