09 Apr 2020, 13:14
ސަރުކާރު ބަންދުވުމާ ގުޅިގެން، އަންނަ ހަފްތާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ބޭންކުތައް ހުޅުވާފައި ހުންނާނީ ތިން ދުވަހު ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން، މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ސަރުކާރު ބަންދުކުރަން ވަނީ ނިންމައިފައެވެ.
އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސަރުކާރު ބަންދު ހަފްތާގައި އެ އޮތޯރިޓީއާއި ބޭންކުތައް ހުޅުވާފައި ހުންނާނީ 13، 14 އަދި 16 ވަނަ ދުވަހު ކަމަށެވެ.
އެ ދުވަސްތަކުގައި ފައިސާ ބަލައިގަނެ ދޫކުރުން ފަދަ ބޭންކިން ހިދުމަތް ލިބޭނީ ކޮންމެ ދުވަހަކު 09:30 އިން ފެށިގެން 12:30 އަށެވެ.
ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ދޭނީހެނދުނު 09:30 އިން 11:00 އަށެވެ.
މީގެ އިތުރުން ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި އާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ[email protected]މެއިލް މެދުވެރިކޮށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.