09 Apr 2020, 08:37
ކާމިޔާބު ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށް ގެނެސްދީފައިވާ ޕްރޮޑިއުސަރު ކަރީމް މޯރާނީ ވެސް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އޭނާގެ އަންހެން ދެތަރިން ޝަޒާ އާއި ޒޮއާ ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާކަން އޭނާ ވަނީ މި ހަފްތާތެރޭ އަންގާފައެވެ. މިހާރު ކަރީމް ވެސް އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުވެފައިވާއިރު އޭނާ އަށާއި އޭނާގެ ދެދަރިންނަށްވެސް އަންނަނީ ފަރުވާ ދެމުންނެވެ.
ކަރީމްގެ ބޭބެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ކަރީމްގެ ޓެސްޓުގެ ނަތީޖާ އިއްޔެ ހެނދުނު ލިބުނުކަމަށާއި ބައްޔަށް ޕޮޒިޓިވްވުމުން އޭނާއަށް ފަރުވާދޭން ފަށާފައިވާކަމަށެވެ. އަދި އޭނާގެ އަންހެނުންނާ ގޭގައި ތިބި ސްޓާފުންވެސް ބައްޔަށް ޓެސްޓް ކުރި ނަމަވެސް އެމީހުންގެ ނަތީޖާ ނެގަޓިވްވެފައިވާކަމަށްވެސް އޭނާ ބުންޏެވެ.
ކަރީމް ޕްރޮޑިއުސްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޗެންނާއި އެކްސްޕްރެސް"، "ހެޕީ ނިއު އިޔާ" އަދި "ރާޖާ ހިންދުސްތާނީ" ހިމެނެއެވެ.