08 Apr 2020, 19:49
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ބާއްވާ އުރީދޫ މަސް ރޭސް މިއަހަރު ނުބާއްވަން ނިންމައިފިއެވެ.
އުރީދޫ އިން ބުނީ މަސް ރޭސް ނުބާއްވަން ނިންމީ މިހާރު ފެތުރެމުންދާ ކޮރޯނާގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މިއަހަރުގެ މަސް ރޭސް ކެންސަލް ކުރިނަމަވެސް އަންނަ އަހަރު ކުރިއަށްވުރެ ކުލަގަދަކޮށް މި ހަރަކާތް ބާއްވާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫ އިން މިހާތަނަށް މަސްރޭހުގެ 10 ސީޒަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.
ސަރުކާރުގެ މުއައްސަސާތަކުންނާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ މަސްރޭހަށް ކޮންމެ އަހަރަކުވެސް ބޮޑު ތަރުހީބެއް ލިބެއެވެ.
ކޮރޯނާ އާއި ގުޅިގެން ގިނަ ކުންފުނިތަކަކުން ރާވާފައިާ ބޮޑެތި ހަރަކާތްތައް ވަނީ ފަސްކޮށްފައެވެ. އޭގެ ތެރޭގައި މީގެ ކުރިން ފޯރިއާއެކު ކުރިއަށް ގެންގޮސްފައިވާ ދުވުމުގެ ހަރަކާތްތައްވެސް ހިމެނެއެވެ.