16 Dec 2011, 22:16
ވެރިރަށް މާލޭގައި ދިރިއުޅޭ އެތަކެއް ހާސް ދިވެހިންނާއި ބިދޭސީން މިއަދު ހަވީރު ސްޓޭޑިއަމް ސަރަހައްދާއި އެ ސަރަހައްދާ ގުޅިފައިވާ ބޮޑުތަކުރުފާނު މަގަށް އެއްވީ ކުރިންސުރެ ރެޑް ބުލް އެއާ ޝޯގައި ކަރުމައްޗަށް ޖަހަން ރެޑީވެގެނެވެ. ކުޑަކުދިންނާއި އަންހެނުންނާއި ޒުވާނުންނާއި ދޮށީ އުމުރުގެ މީހުން، ރެޑް ބުލްގެ އެއާރޭސްގެ ކުޅަދާނަ ޕެއިލެޓް އުމުރުން 55 އަހަރުގެ ޕީޓާ ބެސެންޔީ އޭނާގެ ކުޑަ ބޯޓާއެކު ވައިގެ ތެރޭ ހުނަރު ދެއްކިއިރު ތިބީ ކިތަންމެ އިރެއްވިޔައް ވަރިހަމަ ކަމަށް ނިންމައިގެނެވެ.
http://sun.mv/albums/l_2768.jpg
"އޭނާ އެކޮޅުކޮޅުން ވެސް ބޯޓުދުއްވާލި. އެކަމާ އެންމެ ހައިރާންވީ، އޭތި ވަރަށް ސަޅި. ހަމަ ހައިރާންވެއްޖެ،" ބެސެންޔީގެ ހަރަކާތްތައް ނިމުމުން ޒުވާނަކު ބުންޏެވެ. "ހަމަ ހަގީގަތުގައި ވެސް މާލޭގެ ބޯ ހާސްކަމުގެ ތެރެއިން ނުކުމެލެއްވިއްޖެ،"
އޮސްޓްރިއާގެ އެނާޖީ ޑްރިންކް ރެޑްބުލް ރާއްޖެއށް ޑިސްޓިރިބިއުޓްކުރާ ޔޫރޯ މާކެޓް އިން އިންތިޒާމްކުރި ދެގަޑިއިރުގެ ރެޑް ބުލް އެއާޝޯ އާއި ބެސެންޔީގެ 15 މިނެޓްގެ އުދުހުން ވެގެން ދިޔައީ މާލޭގެ ބޯހާސް ކަމުގެ ތެރެއިން ނުކުމެލަން މީހުންނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.
ފުޅަލަށް ތިން މީޓަރު ހުންނަ ކުޑަ މަތިންދާ ބޯޓުގައި ބެސެންޔީ ބެލުންތެރިންގެ ލޯމައްޗައް ވައްޓައިލީ އޭގެ ކުރިން ރިމޯޓްގެ އެހީގައި މައްޗަށް އަރައި ވައިގެ ތެރޭގައި ފަރި ދައްކަމުދިންޔަ ކުދިކުދި ބޯޓްތަކުގެ ހަރަކާތާއި ރާއްޖޭގައި އަޑު ގަދަވެފައިވާ ހަރުބީ އާއި ހުނަރުވެރި ފްރީ ސްޓައިލް ފުޓްބޯޅައިގެ ޖާދުގައި އެންމެން ޖެހިފައި ތިއްބަ އެވެ.
ބޫން އަޑާއެކު ބެސެންޔީ، ކުޑަބޯޓްގައި ބޯމަތިން އުދުހެން ފެށުމާއެކު އެއްވެފައިވާ އެތައް ހާސް ބަޔަކު ކެވި އަރައި ތަރުހީބު ދެމުން ދިޔައެވެ.
http://sun.mv/albums/l_2779.jpg
ހުނަރު ދައްކާލުމަށްފަހު ބެސެންޔީގެ އާންމުންނާއި ބައްދަލުކުރަން އޮތް ނަމަވެސް އެއްވެފައިވާ މީހުން ގިނަ ކަމުން ސަލާމަތީ ސަބަބުތަކަށްޓަކައި ބެސެންޔީއަށް ޖެހުނީ އާންމުންނާ ބައްދަލުނުކޮށް ދާށެވެ. ރިކޯޑް އަދަދަކަށް މީހުން އެއްވި އެ އިވެންޓް ނިންމާލީ މިއަދު އިރުއޮއްސެން ދަނިކޮށެވެ. ނަމަވެސް ބެސެންޔީއަށް އަލްވަދާއު ކިޔުމުގެ ގޮތުން މިރޭ ނަސަންދުރާގައި ބޭއްވި ކެއުމަކަށް ފަހު އޭނާ ވަނީ ބައެއް ފަރާތްތަކަށް އޮޓޯގްރާފް ދީފަ އެވެ.
އެއާޝޯއިން ދިވެހިން އުފާ ކުރުވުމަށް ފަހު ޔޫރޯއިން ތައްޔާރުވަމުން އަންނަނީ އެފަދަ އެހެން ޝޯއަކަށެވެ. އަންނަ އަހަރު ބޭއްވާ ޝޯގައި ރަޝިއާގެ މަޝްހޫރު ބޭސް ޖަމްޕާ ވަލެރީ ރޮޒޮވް ޖައްވަށް ފުންމައި ފީނާނެ އެވެ.
"އަސްލު މިކަހަލަ އިވެންޓްތައް ނިންމާނެ ކަމެއް ނެތޭ، އަދިވެސް ބާއްވަންވީ،" އިވެންޓް ނިމުމުން ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.