08 Apr 2020, 10:06
ޓްރީ ޓޮޕް ހޮސްޕިޓަލުން ލޮލުގެ ސްކްރީނިންގްއަށް ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.
ލޯ ސްކްރީންކުރުމަކީ ފެނުމުގެ މައްސަލަތަކުގެ އިތުރުން ފޮރުވިފައިވާ އެހެން ބަލިތަށް އަވަހަށް ދެނެގަތުމަށްވެސް މުހިންމު ކަމެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އަލަށް ތައާރަފުކުރި މި ޕެކޭޖް ހާއްސަކޮށްފައިވަނީ ފެނުމުގެ މައްސަލަތައް ހުންނަ މީހުންނަށާއި ހަކުރު ބަލި، ތައިރޮއިޑް މައްސަލަ އަދި ހައިޕަޓެންޝަން ހުންނަ މީހުންނަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބަލިމީހަކަށް ލޯ ސްކްރީން ކުރުމުގެ ހިދުމަތް ދެނީ-- ފޮޓޯ/ޓްރީ ޓޮޕް ހޮސްޕިޓަލް
ލޯ ޓެސްޓް ކުރުމާއި، ނަންބަރު ނެގުން އަދި ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުން ހިމެނޭ މި ޕެކޭޖުގެ އަގަކީ 350 ރުފިޔާއެވެ.
މި ޕެކޭޖްގެ ދަށުން ހަރަކާތްތެރިވާނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަދިތިޔާ ރެގޭއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަދިތްޔާ ރެގޭ-- ފޮޓޯ/ޓްރީ ޓޮޕް ހޮސްޕިޓަލް
މި ޕެކޭޖްގައި ބައިވެރިވުމުގެ ފުރުސަތު އޭޕްރީލް ހަތްވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި ޕެކޭޖްގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610އަށް ގުޅާލުމުން ލިބޭނެ އެވެ.