ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ޚިލާފަށް ރިސޯޓަކުން ފޭބި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު ޔޫ އެންޑް މީ ރިސޯޓުން ރ. އަލިފުއްޓަށް ދިޔަ ފަސް މީހުންނެވެ.

ފުލުހުން މިރޭ ބުނީ، އެ ފަސް މީހުން ކޯޓު އަމުރެއްގެ ދަށުން މިރޭ 11:50 އެހައިކަންހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިމަހު 13 ވަނަ ދުވަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު، ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އަންގާފައި ވަނީ ރަށްރަށުން މީހުން ރިސޯޓުތަަކަށް ދިޔުމާއި ރިސޯޓުން މީހުން ފޭބުން މަނާކުރުމަށެވެ. އަދި އެންމެ ފަހުން މި ދިޔަ މަހުގެ 31 ވަނަ ދުވަހު ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ވަނީ ރިސޯޓުން މީހުން ފޭބޭނެ ހާލަތްތައް ކަނޑައަޅައި އެންގުމެއް ނެރުއްވާފައެވެ.