މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ބައެއް ހިދުމަތްތައްވެސް އޮންލައިންކޮށް ދޭން ނިންމައިފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ވަނީ އެ ހިދުމަތްތައް މާދަމާއިން ފެށިގެން ލިބޭނެ ކަމަށެވެ.

އެގޮތުން އޮންލައިންކޮށް ދޭން ނިންމި ހިދުމަތްތަކުގެ ތެރޭގައި ޑިއުޓީ މާފްކޮށްދިނުމަށް ބޭނުންވާ އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ތަކެތި ފާސްކުރުމާއި ކަރަންޓް ޕެނަލް ކުރެހުމާއި ލޯޑް ކަލްކިއުލޭޝަން ފާސްކުރުމުން ހިމެނެއެވެ.

އޭގެ އިތުރުން ކަރަންޓް ކޭބަލް ފާސްކުރުމާއި ނެޓް ނެޓް މީޓަރިން އެސްއެލްޑީ ފާސްކުރުމާއި ކަރަންޓްގެ މަސައްކަތްކުރުމުގެ ލައިސަންސް ދޫކުރުން ހިމެނެއެވެ.

އެ ހިދުމަތްތަކަށް އެދުމަށް[email protected]އަށް މެއިލްކުރައްވައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން އެއްވެސް ކަމެއް އޮޅުން ފިލުވަން ބޭނުންނަމަ މިނިސްޓްރީގެ ނަންބަރު 3019112 އަށް އާދިއްތައިން ބުރާސްފައްޗަށް ގުޅޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮންނަތާ މިއީ ތިން ވަނަ ހަފްތާއެެވެ.