07 Apr 2020, 10:48
ކާމިޔާބު ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށް ގެނެސްދީފައިވާ ޕްރޮޑިއުސަރު ކަރީމް މޯރާނީގެ ދަރިފުޅު ޝަޒާ މޯރާނީ ކޮރޯނާއަށް ޕޮޒިޓިވްވެއްޖެއެވެ.
ޝަޒާ ކޮރޯނާއަށް ޕޮޒިޓިވްވެފައިވާކަން ކަރީމް ވަނީ ކަށަވަރުކޮށްދީފައެވެ. ބޭރުގެ ނޫހެއްކަމަށްވާ އިންޑިއަން އެކްސްޕްރެސްއިން ކަރީމަށް ކުރި މެސެޖަކަށް ޖަވާބުދެމުން ކަރީމް ބުނީ ޝަޒާ ކޮރޯނާއަށް ޕޮޒިޓިވްވި ކަމަށް ދެކެވޭ ވާހަކައަކީ ތެދެއްކަމަށެވެ.
ކަރީމް ބުނީ ޝަޒާގެ ކިބައިން ކޮރޯނާގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. ނަމަވެސް ކަރީމްގެ ދަރިފުޅު ޒޯއާގެ ކިބައިން ކޮރޯނާގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރި ކަމަށާއި އެ ޓެސްޓުގެ ނަތީޖާ ނެގަޓިވްކަމަށް ދެއްކިކަމަށެވެ.
އޭރު ޒޯއާގެ ކިބައިން އަލާމާތްތައް ފެންނަން ފެށުމުން ޝަޒާ ވެސް އެ ބައްޔަށް ޓެސްޓްކުރީކަމަށް ކަރީމް ބުންޏެވެ. އޭނާ ބުނީ މިހާރު ޝަޒާގެ ހާލަތު ރަނގަޅު ކަމަށާއި އޭނާގެ ދެދަރިންވެސް މިހާރު ތިބީ އޮބްޒަވޭޝަންގައި ކަމަށެވެ. ޝަޒާ ލަންކާއަށް ގޮސް އިންޑިއާއަށް އައީ މިދިޔަ މާޗު މަހުގެ ކުރީކޮޅުގައެވެ.
ކަރީމް ޕްރޮޑިއުސްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޗެންނާއި އެކްސްޕްރެސް"، "ހެޕީ ނިއު އިޔާ" އަދި "ރާޖާ ހިންދުސްތާނީ" ހިމެނެއެވެ.