15 Dec 2011, 23:41
ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މ. އަތޮޅު ކުރެލީ ފަރަށް ސަފާރީއެއް އުރިއްޖެ އެވެ. ޓޫރިސްޓުންނާއެކު އެ ސަރަހައްދުގައި މަޑުކޮށގެން އޮތް ސަފާރީ ފަރަށް އަރާފައި ވަނީ މިރޭ ގާތްގަނޑަކަށް 7:45 އެހަކަންހާއިރު އެވެ.
މި ހާދިސާގައި ޓޫރިސްޓަކަށް ވެސް އަދި ފަޅުވެރިޔަކަށް ވެސް ގެއްލުމެއް ނުލިބި އެވެ.
"ޓޫރިސްޓުން ތިބި އަދަދެއް އަދި ސާފެއް ނުވޭ. ދިވެހިން ތިބި އަދަދެއް ވެސް އަދި ނޭނގޭ،" ދިފާއީ ބާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ އޮފިޝަލު ވިދާޅުވީ ސަފާރީ ފަރަށް އެރުމާއެކު ޓޫރިސްޓުން ޑިންގީއެއްގައި ފަޅުރަށް، ކުރެއްޔަށް ފައިބާފައިވާ ކަމަށާއި ސަފާރީ ފަރަށް އުރުމުގެ ސަބަބުން ސަފާރީގައި ދިޔަ ބޮޑުވެ އަޑިއަށްދާތީ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ފްލޯޓް ކުރާނެ ތާނގީތަކާއެކު ސަފަރީގެ ވެރި ފަރާތުން ވެސް ސަފާރީ ސަލާމަތް ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.