15 Dec 2011, 20:41
އުތުރުގެ ފަސް ރަށެއްގައި އުފެދޭ ކުނި ނައްތާލުމުގެ މަޝްރޫއެއް ފަށަން ތިމާވެއްޓާބެހޭ މިނިސްޓްރީ ނިންމައިފި އެވެ. މި މަސައްކަތް ކުރާނީ ނ. މަނަދޫ އާއި ޅ. ނައިފަރާއި ހިންނަވަރާއި ރ. ދުވާފަރާއި އަދި ބ. އޭދަފުށީގަ އެވެ.
މި ފަސް ރަށުގައި ގާއިމުކުރާ ސަރަޙައްދީ ނިޒާމެއްގެ ދަށުން ކުނިނައްތާލުމުގެ ކަންތައް އިންތިޒާމް ކުރުމާއި އެފަދަ ނިޒާމަކަށް ރައްޔިތުން އަހުލުވެރިކުރުވާނެ އެވެ. އަދި ކުނި އުފުއްލާ އުޅަނދު ހޯދައި އެ ރަށްރަށުގައި މިހާރު ޖަމާވެފައިވާ ކުނިން ސާފުކޮށް ވޭސްޓް މެނެޖްމަންޓް ޕްލޭނެއް ވެސް އެކުލަވައިލާނެ އެވެ.
މި މަޝްރޫޢަކީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ މޯލްޑިވްސް އެންވަޔަރަންމަންޓް މެނެޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަޙައްދުގައި ކުނި މެނޭޖްކުރުމުގެ ސަރަޙައްދީ ނިޒާމެއް ޤާއިމުކޮށް، އެކަށީގެންވާ ގޮތެއްގައި އެ ސަރަޙައްދުގައި ކުނި މެނެޖްކުރުމުގެ މަސައްކަތުގެ ބައެކެވެ.