15 Dec 2011, 20:04
އާ ގައުމީ މަންހަޖު ތަންފީޒުކުރަން މީހުން ބިނާކުރަން ހިންގި ޕްރޮގްރާމް ނިންމާލައިފި އެވެ.
އަންނަ އަހަރު އަމަލު ކުރަން ފަށާ އާ ގައުމީ މަންހަޖު ތަންފީޒުކުރުމުގެ ޕްރޮގްރާމަކީ ސެންޓާ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަން (ސީސީއީ) އާއި ތައުލީމު ކުރިއަރުވާ މަރުކަޒާއި ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. ބިނާކުރުމުގެ މި ޕްރޮގްރާމް ނިންމައި 60 ބައިވެރިޔަކު ވަނީ ސެޓްފިކްޓް ހާސިލުކޮށްފަ އެވެ.
ޕްރޮގްރާމުގައި ސުކޫލުތަކުން އިސްވެރިންނާއި ހެޑް ޓީޗަރުންގެ އިތުރުން ބައެއް ކައުންސިލް ތަކުގެ އިސް ބޭފުޅުން ބައިވެރިވި އެވެ.
އެޑިއުކޭޝަން ޑިވެލޮޕްމެންޓް ސެންޓަރު ގައި މިމަހުގެ ހަޔަކުން އިއްޔެއާ ހަމައަށް ހިންގި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދެއްވެވީ އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު އަލި މަނިކެވެ.