ގދ. ރަތަފަންދު އާއި ގއ. ކަނޑުހުޅުދޫގައި އިމާރާތްކުރާ ދެ މިސްކިތުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.


ރަތަފަންދޫ މިސްކިތުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 3.5 މިލިޔަން ރުފިޔާއަށް ހަވާލުކުރީ ހޮލިސްޓިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ހޮލިސްޓިކުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު ހަބީބު ހަސަނެވެ.

ގއ. ކަނޑުހުޅުދޫ މިސްކިތުގެ މަސައްކަތް 3.8 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ ޕްރޮޕް ޕްރައިވެޓްލިމެޓެޑާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަލީ އަހުމަދު ނަސީރެވެ.

ދެ އެއްބަސްވުމުގައި ވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނެވެ.

ރަތަފަންދޫ މިސްކިތަކީ 704 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ވުލޫކުރާ ބަޔަކާއި 12.5 މީޓަރުގެ އުސް މުންނާރެއް ވެސް ހިމެނެ އެވެ. ކަނޑުހުޅުދޫގައި އަޅަނީ 504 މީހުންގެ ޖާގައިގެ މިސްކިތެކެވެ.