04 Apr 2020, 11:14
ވޮޝިންޓަން (4 އެޕްރީލް 2020) : ކޮރޯނާވައިރަސް ރޯގާ އެމެރިކާގައި ދަނީ ވަރުގަދަވަމުން ކަ މަށާ ކުރިޔަށްއޮތް ދެހަފްތާ އެމެރިކާއަށް ވަރަށް ނުރައްކާވާނެ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ތަޖްރިބާކާރުން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ތަޖްރިބާކާރުން ވިދާޅުވަނީ ކޮރޯނާވައިރަސް އެމެރިކާގައި އަދި އެންމެ މައްޗަށް ނުދާކަމަށާ ކުރިޔަށްއޮތް ދެހަފްތާގައި މިހާރަށް ވުރެ ގިނަ މީހުން އެރޯގާއަށް ޕޮޒިޓިވްގެ އަދި އެރޯގާގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރުވާނެ ކަމުގަ އެވެ.
އެމެރިކާގައި ކޮރޯނާ ވައިރަސް ޖެހިގެން އިއްޔެ ވެސް 1480 މީހުން މަރުވި"ކޮވިޑް-19" ޖެހިގެން ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެކަނި ވެސް އެމެރިކާ އިން 1480 މީހުން މަރުވެއްޖެ އެވެ.
އެމެރިކާގެ ޖޯންޒް ހޮޕްކިންޒް ޔުނިވާސިޓީން އެކުލަވާލާފައިވާ ކޮވިޑް-19ގެ ލައިވް ޓްރެކާގެ ރެކޯޑްތައް ދައްކާގޮތުން ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެމެރިކާ އިން 1480 މީހުން ކޮރޯނާވައިރަސް ރޯގާގައި މަރުވެފައިވާއިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް (24 ގަޑީއިރު) 10 ހާހަށްވުރެ ގިނަ މީހުން އެރޯގާ އަށް ޕޮޒިޓިވް ވެއެވެ. އެމެރިކާގައި ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފެށީ އެ ރޯގާއަށް ފަސޭހައިން ޓެސްޓް ކުރެވޭނެމަގު އެމެރިކާގެ ސިއްޙަތާބެހޭ ދާއިރާއިން ފަހިކޮށް ދިނުމުންނެވެ. ނަމަވެސް އެމެރިކާގައި އަދިވެސް ޓެސްޓް ކުރަނީ ކޮރޯނާވައިރަސްގެ އަލާމާތްތައް ފެންނަ މީހުން އެކަންޏެވެ.

އެމެރިކާގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 2 ލައްކަ 77 ހާހަށް ވުރެ މައްޗަށް ގޮސްފައިވާއިރު އެރޯގާ ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 7 ހާސް 400 އަށްވުރެ މައްޗަށް ގޮސްފަ އެވެ. މީގެތެރެއިން 70 އިންސައްތައަށް ވުރެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާގައި ކޮވރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ނިޔުޔޯކް ސްޓޭޓް އިންނެނެވެ. ފާއިތުވި ހަފްތާގައި އެކަނިވެސް ނިޔުޔޯކުން ވަނީ ސެޕްޓެމްބަރު 11ގެ ޙަމަލާގައި އެމެރިކާއިން މަރުވި މީހުންނަށްވުރެ ގިނަ މީހުން ކޮރޯނާވައިރަސް ޖެހިގެން މަރުވެފަ އެވެ.
ކުރިޔަށްއޮތް ދެހަފްތާ އެމެރިކާއަށް ވަރަށް ނުރައްކާވާނެކުރިޔަށްއޮތް ދެހަފްތާގައި އެމެރިކާގައި މިހާރަށް ވުރެވެސް ހަލުއިކޮށް ކޮރޯނާވައިރަސް ފެތުރިގެންދާނެކަމުގެ އިންޒާރު އެ ރޯގާ ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ އެމެރިކާގެ ތަޖްރިބާކާރުން ވަނީ ދެއްވާފަ އެވެ. އަދި ކޮރޯނާވައިރަސް ކޮންޓްރޯލް ވުމުގެ ކުރިން އެމެރިކާގެ ދެލައްކައަށް ވުރެ ގިނަ މީހުން އެ ރޯގާގައި މަރުވާނެކަމަށް ވެސް އެމެރިކާގެ ތަޖްރިބާކާރުން ވަނީ އަންދާޒާ ކުރައްވާފަ އެވެ.
އެމެރިކާގެ ޑޮކްޓަރުން ދެއްވަނީ ބިރުވެރި އިންޒާރުތަކެއްމީގެއިތުރުން ކޮރޯނާ ވައިރަސްގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ފަރުވާދިނުމުގައި އިސް ސަފުގައި އުޅޭ އެމެރިކާގެ ޑޮކްޓަރުންނާއި ނަރުހުންދަނީ އެ ރޯގާއާމެދު ބިރުވެރި އިންޒާރުތަކެއްވެސް ދެމުންނެވެ.
މިގޮތުން ނިޔުޔޯކް ސިޓީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި މަސައްކަތްކުރާ ނަރުހެއް ކަމަށްވާ ކެލީ ބްރެޑްޝޯ މައުލޫމާތު ދިން ގޮތުގައި ކޮވިޑް-19އަށް ޕޮޒިޓިވްވުމާ އެކު ފަރުވާ ދިނުމަށް އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ ކިބައިން ވަނީ ކުރިން ނުފެންނަ ސީރިއަސް އަލާމާތްތަކެއް ފެންނަން ފަށާފަ އެވެ. މީގެތެރޭގައި ބަލިމީހާގެ ހާލަތު ކުއްލިއަކަށް ދަށަށްދާން ފެށުމާއި ވެންޓިލޭޓަރު ބޭނުންކޮށްގެން ވެސް ނޭވާ ނުލެވޭ މައްސަލަ ހިމެނެއެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުގައި ކޮރޯނާ ވައިރަސް ޙަމަލާދެނީ އެ މީހާގެ ހިތާ ކިޑްނީއަށްކަން ވެސް ފާހަގަކުރެވޭ ކަމަށް ބްރެޑްޝޯ ބުނެފައިވެ އެވެ.
ކޮރޯނާ ވައިރަސް ގެ ބާރު ދަނީ ގަދަވަމުންކޮރޯނާ ވައިރަސް ހަށިގަނޑަށް ވަނުމަށް ފަހު އެންމެ ގުނަވަނަކަށް އެންމެ ފުރަތަމަ އެއްގުނަވަނަށް ހަމަލާދިން ނަމަވެސް ލަސްތަކެއްނުވެ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ވަރުގަދަ ޙަމަލާތަކެއް ދޭކަމަށާ ކޮރޯނާ ވައިރަހުގެ ބާރު އިންތިހާއަށް ގަދަކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. (ނޫސް އެޖެންސީތައް)