15 Dec 2011, 16:16
ރެޑްބުލް އެއީ ޒުވާނުންގެ މެދުގައި އެންމެ ހިނގާ އެއް ބުއިމެވެ. އޮސްޓްރިއާ އެނާޖީ ޑްރިންކް ރެޑް ބުލް ރާއްޖޭގައި ޑިސްޓްރިބިއުޓްކުރާ ޔޫރޯ ސްޓޯރުން ނިންމާފައި ވަނީ މާދަމާއަކީ ރެޑްބުލްގެ އީދަކަށް ހަދައި ދިނުމަށެވެ. ހާއްސް ޝޯއަކުންނެވެ. ޔޫރޯ އިން ބުނަނީ ރެޑްބުލްގެ ދިވެހި ފޭނުން "ކިކް" އަރާ ހުކުރަކަށް މާދަމާ ރެޑްބްލް އެއާޝޯއެއް ވެގެންދާނެ ކަމަށެވެ. އެއާ ޝޯ ބޭއްވުމަށް ރެޑް ބުލް އެއާރޭސްގެ ބާނީ ހަންގޭރީގެ ޕީޓާ ބެސެންޔީ ވަނީ މިހާރު މާލެ އައިސްފަ އެވެ.
http://sun.mv/albums/l_2756.jpg
"މި ފަހަރު އަޅުގަނޑުމެންގެ އިވެންޓަކީ އެއާ ޝޯއެއް. ގާތްގަނޑަކަށް ފުޅާ މިނުގައި ތިން މީޓަރު ހުންނަ އެއާކްރާފްޓެއްގައި ބެސެންޔީ އުދުހޭނީ. އުދުހުމުގެ ތަފާތު އުކުޅުތަށް އޭނާ ދައްކާލާނެ،" ޔޫރޯ ސްޓޯރުގެ ޑިރެކްޓާ އަލީ ވަސީމް ވިދާޅުވި އެވެ.
ރެޑްބުލް އެއާ ރޭހުގެ އެންމެ ކުޅަދާނަ ޕައިލެޓް، އުމުރުން 55 އަހަރުގެ ބެސެންޔީ މިއަދު ހެނދުނު މާލެ އައީވެސް އޭނާގެ ކުޑަ މަތިންދާ ބޯޓް ހިފައިގެނެވެ.
"ރާއްޖެއަކީ އަހަރެންގެ އެންމެ މަގުބޫލު މަންޒިލް" މިއަދު އެއާޕޯޓްގައި ހުރެ ބެސެންޔީ ބުންޏެވެ. އޭނާ އަދި ބުނީ މާދަމާ އޭނާ ދައްކާ ހުނަރުން ބެލުންތެރިން އަޖައިބު ކޮށްލާނެ ކަމަށެވެ.
"އަހަރެން އުންމީދު މިކުރަނީ ބެލުންތެރިންނަށް އަހަރެންގެ ހުނަރު ކަމުދާނެކަމަށް،" އޭނާ ބުންޏެވެ.
ވައިގެ ތެރޭގައި ބެސެންޔީގެ ކުޅަދާނަކަން ދެއްކުން އޮންނާނީ މާދަމާ 3:45 ގައި ސްޓޭޑިއަމް ސަރަހައްދުގަ އެވެ.
ވަސީމް ވިދާޅުވީ ބެސެންޔީގެ ހަރަކާތްތަކާއެކު ތެރެއިން ޒުވާނުންގެ ސްޓްރީޓް ސްޓައިލް ފުޓްބޯޅައިގެ ހުނަރުތަށް ވެސް ދައްކާލާނެ ކަމަށާއި އިތުރުން މަޝްހޫރު ބޮޑުބެރު ގްރޫޕް ހަރުބީ ވެސް ފައިހަމަ ކުރާނެ ކަމަށެވެ.
http://sun.mv/albums/l_2757.jpg
"އަޅުގަނޑުމެންގެ ސްޓޯލްތައް ވެސް ހުންނާނެ އެ ސަރަހައްދުގައި. މިއީ ވަރަށް ތަފާތު ބޮޑު އިވެންޓަކަށް ވާނެ. ފެމިލީތަކާއި ކުޑަކުދިންނަށް އެ ސަރަހައްދުން ހިސާބެއް ހާއްސަ ކޮށްފައި ހުންނާނެ. ފަސޭހައިން އިވެންޓް ފެންނަ ގޮތަށް ހުރިހާ ކަމެއް އިންތިޒާމްކޮށްފައި ހުންނާނީ،" ރާއްޖޭގައި ބާއްވާ ފުރަތަމަ އެއާޝޯއާ ގުޅޭގޮތުން ވަސީމް ވިދާޅުވި އެވެ.
ރެޑްބުލްއިން އެއާޝޯ އާއި އެކު ރަޝިއާގެ މަޝްހޫރު ބޭސް ޖަމްޕާ ވަލެރީ ރޮޒޮވް މާލެ އަންނަން އޮތް ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅަށް އެ އިވެންޓް މިހާރުވަނީ ފަސްކޮށްފަ އެވެ. އެއީ މޯލްޑިވިއަންގެ ޑޯނިޔާ ފްލައިޓަށް ދިމާވި މައްސަލައަކުންނެވެ.
"އަޅުގަނޑުމެން މި ފެށޭއަހަރުގެ ކުރީކޮޅަށް އެ އިވެންޓް ލަސްކޮށްލީ،" ވަސީމް ވިދާޅުވި އެވެ.