15 Dec 2011, 14:38
ޕީޕީއެމްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ޕީޕީއެމް އުފުއްދެވި ބާނީ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަނބަލުން ޔުމުނާ މައުމޫން އިންތިހާބުކޮށްފި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް އޮފީހުގައި ރޭ އޮތް އެ ޕާޓީގެ ހަ ވަނަ ކައުންސިލް ބައްދަލްވުމުމުގައި އިތުރު ދެ މަގާމަކަށް ވެސް މެންބަރުން އިންތިހާބު ކުރުން އޮތެވެ.
ޕީޕިއެމުން ބުނީ އެ ޕާޓީގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ރެޖިސްޓްރާގެ މަގާމަށް އިންތިހާބު ކުރީ ހެންވޭރު ހަތިހާ ޒަހާ ވަހީދާއި ވަގުތީ ޓްރެޝަރާ އަކަށް އިންތިހާބު ކުރީ، ހުޅުމާލެ، ފްލެޓް، 7-3-67، އިބްރާހިމް ނައީމް ކަމަށެވެ.
އެ ތިން މަގާމަކީ ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ އިންތިގާލީ ކައުންސިލްގެ ސިއްރު ވޯޓަކުން އިންތިހާބް ކުރަން ޖެހޭ މަގާމުތަކެކެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީ އުފައްދާތާ ހަ މަސް ދުވަހުގެ ތެރޭގައި ޕާޓީގެ ފުރަތަމަ ކޮންގުރެސް ބާއްވައި މަގާމްތަކަށް މެންބަރުން އިންތިހާބު ކުރަން ޖެހޭނެ ކަމަށެވެ.