30 Mar 2020, 17:02
އައްޑޫ ސިޓީގެ ފިހާރަޔަކާއި ދެ ގެއަކަށް ގެއްލުންދީ އެތަންތަނުގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އައްޑޫ ސިޓީގެ މަރަދޫ ފިހާރައަކާއި ދެ ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ރޭ ދަންވަރު 02:30ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ތަންތަނަށް ގެއްލުންދީ ވައްކަން ކުރިކަން އަދި ނޭނގެ އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ތަފްސީލެއް ނުދެ އެވެ.
އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގްކުރަމުންނެވެ.