މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ވެމްކޯއިން ބުނީ ކޮރޯނާއާ ގުޅިގެން ވެމްކޯގެ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމާއި، ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ކުނި ނެގުމާއި ކުނި އެއްލާ ލުމުގެ ހިދުމަތަށް ބުރޫނާރާނެފަދަ ގޮތަކަށް ބައްޓަން ކުރުމުގެ ގޮތުން ވެމްކޯގެ ކޯލް ސެންޓަރާއި ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް އަންނަ ބުދަ ދުވަހުން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ދެން ވެމްކޯގެ ކޯލް ސެންޓަރުގެ ހިދުމަތް ދޭނީ ހެނދުނު އަށަކުން ރޭގަނޑު 11 އަށް ކަމަށް ވެމްކޯއިން ބުންޏެވެ.

ވޭސްޓް ޓްރާންސްފާ ސްޓޭޝަނުން ދެން ހިދުމަތް ދޭނެ ގަޑިތައް

  • މާލެ- ހެނދުނު 08:00 އިން މެންދަމު 03:00 އަށް
  • ހުޅުމާލެ- ހެނދުނު 08:00 އިން މެންދަމު 01:30 އަށް
  • ވިލިމާލެ- ހެނދުނު 08:00 އިން މެންދަމު 00:00 އަށް
  • އައްޑޫ ސިޓީ (ގުޅިފައިވާ ރަށްތައް)- ހެނދުނު 08:00 އިން މެންދަމު 00:00 އަށް
  • އައްޑޫ ސިޓީ - ހުޅުމީދޫ- ހެނދުނު 08:00 އިން ހަވީރު 16:00 އަށް
  • ފުވައްމުލައް ސިޓީ- ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް