30 Mar 2020, 00:35
ފަސްދޯޅަށް އެއް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަތުލައިގަތީ މަސްދޯންޏަކުންނެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 11 ދިވެހީންނެވެ. އޭގެ ތެރޭގައި ހިމެެނެނީ މަސް ދޯނިން ހައްޔަރު ކުރި ހަތް މީހަކާއި މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރި ހަތަރު މީހެކެވެ.
ފުލުހުން ބުނީ މިއީ ނުވަ ދުވަހުގެ މަތިން ހިންގި އޮޕަރޭޝަނެއް ކަމަށާއި އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
އެ އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ ހެރޮއިންއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިދީފައެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި މާލެއާއި ހުޅުމާލޭގެ ގެއެއް ފާސްކުރިއިރު މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދައިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދައިފައިވާ ކަމަށެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލައަސް ބޭނުންވާ ހެކި ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ.
މައްސަލައިގައި ހައްޔަރުކުރި އެންމެންނަކީވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހުންނެވެ.
ހައްޔަރުކުރި މީހުންނަކީ:

މ. މުލި މުޝްތަރީގެ، މުހައްމަދު ރިޝްވާން އިބްރާހިމް އާއި މ. ބޮއިލިންފިޝް، އަހްމަދު ވިސާމް

މ. މާކޮޅު، މުހައްމަދު މާއިޝް އާއި މ. މުލި، ސޯސަންވިލާ، ހުސައިން ސުނާޒް

ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު ހަމީދު އާއި މ. ކޮޅުފުށި، އޯޝަންވިއު، މުހައްމަދު މާއިދު

ހުޅުމާލެ ފްލެޓް ނަންބަރު 6 ޖީ 4 ، އަހްމަދު ޝިފާޒް އާއި މއ. ބޯޅަކިންކިރިމާގެ، އަބްދުﷲ ޝާމް

މ. މުލި، ހުދުފިނިފެންމާގެ، މުހައްމަދު ނަޝީދު އާއި މއ. ވިރާހް، މުހައްމަދު ޝާމިން

މ. މުލި، ހުދުފިނިފެންމާގެ، މުހައްމަދު ނަޝީދު އާއި މއ. ވިރާހް، މުހައްމަދު ޝާމިން

މ. ކެޕްރިކޯން، ސައުދުﷲ ރަޝީދު