29 Mar 2020, 19:15
ދުނިޔޭގައި އަދި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅުގެން ދިރާގުން ދަރިވަރުންނަށާއި ޓީޗަރުންނަށް ހިލޭ މޮބައިލް ޑޭޓާ ޕެކެއް ދޭން ނިންމައިފި އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. އެކަމާ ގުޅިގެން ދަރިވަރުން މިހާރު ކިޔަވަމުންދަނީ އިންޓަނެޓްއަދި އެކި ޓީވީ ޗެނަލްތަކުން ގެނެސްދޭ ޕްރޮގްރާމްތައް މެދުވެރިކޮށެވެ.
ދިރާގުން ބުނީ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ފަސް ޖީބީގެ މޮބައިލް ޑޭޓާ ކުރިއަށް 30 ދުވަހަށް މިހާރު ލިބޭނެ ކަަމަށެވެ.
ދަރިވަރުންނަށް ފިލާވަޅުތައް ފެސޭހައިން ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ދާދި ފަހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ހޮލޮގޯ ގުޅިގެން، ދިރާގުގެ ޓީވީޣައި އެޑިއުކޭޝަން ޒޯންއެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.
އޭގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމުގެ ގޮތުން ވަނީ އިންޓަނެޓް ނެޓްވޯކްއާއި ބޭންޑްވިތު އޮޕްޓިމައިޒްވެސް ކޮށްފަ އެވެ.
ކޮރޯނާއާ ގުޅިގެން ދިރާގުން ވަނީ ހޯމް ބްރޯޑްބޭންޑް ފިކްސްޑް އިންޓަނެޓް ގެންގުޅުއްވާ ފަރާތްތަކަަށް މިމަހާއި އަންނަ މަހު 30 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސެއް ވެސް ދޭން ނިންމައިފަ އެވެ.
ކޮވިޑް ރާއްޖެއިން ފެނުނު ފަހުން މިހާތަނަށް 17 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ތެރެއިން 11 މީހަކު މިހާރު ވަނީ ރަނގަޅު ވެސްވެފަ އެވެ.