28 Mar 2020, 21:29
ކޮރޯނާ އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ސިނަމަން ހަކުރާ ހުރާ އަދި ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުން ނެގި ސާމްޕަލްތައް ނެގެޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ އެ ރަށުން ޓެސްޓުކުރި މީހުންގެ ނަތީޖާ ނެގެޓިވް ވުމާއެކު ރިސޯޓުތައް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން ފިލިތެޔޮ ރިސޯޓާއި ރެޒިޑެންސް ދިގުތަށް އަދި ތާހު އެގްޒޯޓިކާވެސް އޮތީ މޮނީޓާރިންގައެވެ.
ރާއްޖެއިން ކޮރޯނާ ޖެހިފައިވާ 16 މީހަކު ފެނުނު އިރު 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކޮރޯނާ ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން އިއްޔެ އިން ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދޫކުރުން ވަނީ ހުއްޓާލައިފައެވެ.