27 Mar 2020, 00:42
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އެކައުންޓް ހުޅުވަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމްއައިބީން މިއަދު ބުނީ އެކައުންޓު ހުޅުވަން ފުރަން ޖެހޭ ފޯމު މިހާރު އެ ބޭންކުގެވެބްސައިޓުމެދުވެރިކޮށް ވެސް ފުރޭނެ ކަމަށެވެ.
ކޮވިޑް19އާ ގުޅިގެން އެމްއައިބީން ވަނީ އެ ބޭންކުގެ ބައެއް އެހެނިހެން ހިދުމަތްތައް ވެސް އޮންލައިންކޮށް ދޭ ގޮތަށް ބަދަލު ގެނެސްފަ އެވެ.
އެގޮތުން އެ ބޭންކަށް ފޮނުވާ ސިޓީއާއި އިންވޮއިސްގެ އިތުރުން ނޯޓިސްތަކާއި އެހެނިހެން ޑޮކިއުމެންޓުތަކާއި ލިޔެކިޔުންތައް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ވަކި ގޮތަކަށް އަންގަންދެން މެއިލްގެ ޒަރިއްޔާ އިން ބަލައިގަންނަ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން މި ދުވަސްވަރު ހިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމަށާއި އޮންލައިންކޮށް ޓްރާންސެކްޝަންތައް ހެދުމަށް ޓަކައި އެމްއައިބީގެ ފައިސާ ނެޓް އަދި ފައިސާ މޮބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް ވެސް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮވިޑް19އާ ގުޅިގެން އިތުރު އެއް ހަފުތާއަށް ސަރުކާރު ބަންދު ކުރަން ނިންމުމާ އެކު ބޭންކުތަކުން ހިދުމަތް ދިނުމަށް ނިންމާފައި ވަނީ މި މަހުގެ 30 އަދި އަންނަ މަހުގެ ދެ ވަނަ ދުވަހުގަ އެވެ.