26 Mar 2020, 15:41
ރާއްޖެއިން ކޮރޯނާ އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ހިމެނޭ ސީރިއަސް ނޫން މީހުން 14 ދުވަހަށްފަހު ހޯމް ކަރަންޓީނަށް ދޫކޮށްލަން ނިންމާފައިވާކަމަށް ބުނެފި އެވެ.
ކޮރޯނާވައިރަހާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ބަލިން ފަސޭހަވި ގިނަ މީހުން މިހާރު މޮނީޓަރިން އިން ދޫކޮށްލާފައިވާ ކަމަށެވެ.
"ނެގެޓިވްވި މީހުންގެ ތެރެއިން މިހާރު މޮނީޓާ މިކުރަނީ ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެވުނު އިޓަލީ މީހާ އާއި އޭނާގެ އަންހެނުން. އެމީހުން މިހާރު ތިބީ ދަރުމަވަންތައިގެ 17 ވަނަ ފަންގިފިލާގައި،" ޑރ. ވިދާޅުވި އެވެ.
ވިދާޅުވީ ބައްޔަށް ޕޮޒިޓިވް ވެފައިތިބި މީހުންގެ ހާލު ރަނގަލު ކަމަށާއި އެމީހުންގެ ފަރާތުން ސިއްހީ އިތުރު އެއްވެސް މައްސަލައެއް ނުފެންނަ ކަމަށެވެ.
"އަޅުގަނޑުމެން މައިލްޑް ކޭސް ތަކުގެ ގޮތުގައި ބެލި ޕޭޝަންޓުން، ޕޮޒިޓިިވް ވި މީހުން. އޭހެ ތެރެއިން ބައެއް މީހުންނަކީ ވަރަށް ކުޑަކޮށް އަަލާމާތްތައް ފެނުނު، ނުވަތަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސާމްޕަލް ނެގި މީހުންގެ ތެރެއިން ބައެއް ފަހަރަށް މާ ބޮޑު އަމާލާތެއް ނެތިވެސް ޕޮޒިޓިވް ވި މީހުން. އެމީހުން އަޅުގަނޑުމެން މި ނިންމީ 14 ދުވަހުގެ ކަރަންޓީނު ހަމަވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކޮށްލަން. އެގޮތަށް ދޫކޮށްލީމާ އެމީހުންނަށް އަނބުރާ ރިސޯޓަށް ދެވޭނެހެން މި ދޫކޮށްލަނީ،" ޑރ. ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވީ 14 ދުވަސް ހަމަ ނުވާނަމަ ރިޯޓުގައި އައިސޮލޭޝަން ހަމަކުރަން ޖެހޭނެ ކަމަށެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އަށް މީހަކު ރަނގަޅުވެފައިވާއިރު، އިތުރު ޕޮޒިޓިވް ކޭހެއް ނުފެނުމުގެ މާނައަކީ ހާލަތު ބަދަލުވުން ނޫން ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަދިވެސް ހާލަތު ބަދަލުނުވާނެ ކަމަށް ނިންމީކީ ނޫން. އަދިވެސް ވަރަށް ބޮޑަށް ބަލަމުން ގެންދަން އެބަޖެހޭ. އެ ގަނާފއި ހުރި، އަދި ސަމާލުކަން ދޭންވީ ކަންތަކަށް ސަމާލުކަން ދީގެން، މިކަން ދުނިޔޭގައި ބަދަލުވަމުންދާގޮތަށް ބަލަން އެބަޖެހޭ ހުށިޔާރު ކަމާއެކު،" ޑރ. ވިދާޅުވި ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ، މަސައްކަތަށް އެއްވެސް ލުޔެއް ނާންނަ ކަމަށާއި އިރުޝާދުތަކަށް ރައްޔިތުން ބޯލަނބަން އެދިލައްވާ ކަމަށެވެ.