ފިރިހެން ޑިވިޒަންގެ ހަތް ވަނަ ޤައުމީ ބާސްކެޓް ބޯޅަ މުބާރާތް މާދާމާ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ފަށަން ހަމަޖައްސައިފި އެވެ.

ފަސް ޓީމާއެކު މުބާރާތް މާދަމާ ރޭ ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރެޑްލައިން ކްލަބާއި ޔޫއެން ފްރެންޑްސް އެވެ.

މުބާރާޓުގައި ވާދަކުރާ ފަސް ޓީމަކީ، ޑީ ބާސްކެޓް ބޯލް ކުލަބާއި، ހަރިކޭން ބީސީ އާއި، ޓީރެކްސް ބާސްކެޓްބޯލް ކުލަބާއި ޔޫއެން ފްރެންޑްސް އަދި ރެޑް ލައިން ކުލަބެވެ.

ލީގު އުސޫލުން ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެއެވެ. އަދި ހުސްވި އަހަރު ބޭއްވި މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަކީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބެވެ.