ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާދެމުން ދިޔަ 13 މީހުންގެ ތެރެއިން އިތުރު ތިން މީހަކު އެ ބަލިން ރަނގަޅުވެއްޖެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހިފައި ތިބި މީހުންގެ ތެރެއިން ފަސް މީހަކު އެ ބަލިން ރަނގަޅު ވެފައިވާ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް19 ޖެހިފައި ތިބި މީހުންގެ ތެރެއިން ތިން މީހުން ރަނގަޅު ވެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ރާއްޖޭގައި ތިބީ އެ ބަލީގެ ފަސް މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން 673 ސާމްޕަލް ވައިރަހަށް ޓެސްޓު ކުރިއިރު 660 މީހުން ވަނީ ވައިރަހަށް ނެގެޓިވްވެފަ އެވެ. ކަރަންޓިންގައި ތިބި ޖުމްލަ މީހުންގެ އަދަދަކީ، 496 މީހުންނެވެ.