14 Dec 2011, 12:51
ގަލޮޅު ގެއެއްގެ ދެވަނަ ބުރީގައި މީހަކު ދަންޖެހިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގަލޮޅު ގެއެއްގެ ދެވަނަ ބުރީގައި 34 އަހަރުގެ ފިރިހެނަކު ދަންޖެހިފައި ހުއްޓާ ފެނިގެން މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރު، އޭނާގެ ވިންދު ހުރި ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން ފަރުވާދެމުންދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ދަންޖެހިންގެ މަރުވި މީހާގެ ވަނަވަރެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހިގެން މަރުވީ ގދ. ގައްދޫ، މާޖެހިގޭ ޖުނައިދު ޖައުފަރެވެ.