11:55 ކޯރަމް ހަމަ ވެގެން މަޖިލީހުގެ ޖަލްސާ ފަށައިފި.

ކޯރަމް ހަމަ ނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މެންދުރު ދަންފަޅި 11:30 އަށް ފަސްކޮށްފި އެވެ.

އެގާރަގަޑި ސުން މިނެޓްގައި ޖަލްސާ ފެށުމަށް ބޭނުންވާ އަދަދަށް މެންބަރުން ވަޑައި ނުގެންނެވުމުގެ ސަބަބުން 11:30 އަށް ޖަލްސާ ފަސް ކުރައްވަމުން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އިންނެވި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ވިދާޅުވީ ކޯރަމް ހަމަނުވެގެންދަނީ ތަފާތު ތިން ކޮމިޓީއެއް ހިނގަމުންދާތީއާވެސް އެކުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލުމުގެ ސަބަބުން ހެނދުނު ދަންފަޅިވެސް ވަނީ ފުރިހަމަ ނުކުރެވި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގެ 2012 ވަނަ އަހަރުގެ ބަޖެޓް ދިރާސާ ކުރުމަށްފަހު މާޅިއްޔަތު ކޮމިޓީން މަޖިޅީހަށް ހުށަހެޅި ރިޕޯޓަށް ބަހުސްކޮށް ނިމުމާއެކު ހެނދުނުގެ ދަންފަޅީގެ ކޯރަމް ވަނީ ގެއްލިފައެވެ. އަދި ކޯރަމް ރަނގަބީލު ޖަހައިގެން މެންބަރުން ހަމަނުވުމުން ހެނދުނު ދަންފަޅި ނިންމާލަންޖެހިފައިވަނީ 10:17ގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާގައި ކުރިއަށް ކަންތއްތަކުގެ ތެރޭގައި ޕްރީސްކޫލް ހިންގުމުގެ ބިލާއި، ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުން ހިމެނެ އެވެ. އަދި އެމްއެންއެސްއެލްގެ ދަރަނި ދެއްކުމަށް ފިނޭންސް މިނިސްޓްރީން ދިން ބަޖެޓުން ހަރަދުކޮށްފައިވާގޮތް ދިރާސާ ކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓަށް ބަހުސް ކުރުމަށްވެސް އެޖެންޑާކޮށްފައި ވެ އެވެ.

މީގެ އިތުރުން ގައުމީ ސިއްހީ އިންޝުއަރެންސްގެ ބިލާއި ނެޝަނަލް އާކައިވްގެ ބިލުގެ އިސްލާހް ތަކަށާއި އެ ބިލުތައް ފާސްކުރުމަށް ވޯޓަށް އެހުމަށް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.