އަންނަ ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދަށް ދޭ ކޮންމެ ވޯޓަކީ ރާއްޖޭގައި ލާދީނީ ފިކުރު ފަތުރައި، ބުދު ފައްޅި އަޅަން ދެވޭ ވޯޓެއްކަމަށް އަދާލަތު ޕާޓިން ބުނެފި އެވެ.

ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިން ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ގޮންޖެހުމަށް އެކި ފަރާތްތަކުން މަސައްކަތްތަކްކޮށްފައިވާއިރު އިސްލާމް ދީން ހިމާޔަތް ކުރަން ރައީސް ނަޝީދު ބަސްފުޅެއް ވެސް ވިދާޅުވެފައި ނުވާ ކަމަށެވެ.

އަދި ވިދާޅުވީ އިސްލާމް ދީނުގެ ދިފާއުގައި މިހާތަނަށް ރައީސް ނަޝީދު އެއްވެސް ވާހަކަފުޅެއް ދައްކަވާފައި ނުވަނީ ރާއްޖޭގައި ލާދީނީ ފިކުރުތަށް ފަތުރައި އިސްލާމް ދީން ނިކަމެތި ކުރުމުގެ ނިޔަތުގައި ކަމަށެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ހައިކޮމިޝަނަރު ނަވަނެތަމް ޕިއްލޭ ރާއްޖެ ވަޑައިގެން ދެއްކެވި ދީނާއި ހިލާފު ވާހަކަތަކަށް ދިވެހި ރައްޔިތުން ދެކޮޅު ހެދުމުން ވެސް ޕިއްލޭގެ ވާހަކަތައް ރައީސް ކުށްވެރި ނުކުރައްވާ "ދިވެހިން ތިބީ ހަމަޔަކު ނޫން" ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް މައުރޫފު އިއްޔެ ވިދާޅުވި އެވެ.

"ދިވެހިންގެ ތެރެއިން ބަޔަކު ނުކުމެ މުރުތައްދުވުމުގެ މިނިވަންކަމަށް ގޮވައިލީމަ ވެސް ރައީސް ނަޝީދު އެމީހުންގެ ދިފާއުގައި ވާހަކަ ދެއްކީ" ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ވިދާޅުވި އެވެ. "ރައީސް ނަޝީދަކީ ބަޔަކު ވެރިކަމަށް އަރުވާފައި ހުރި ޕަޕަޓެއް. އެ ޕަޕެޕަޓަށް ރައްޔިތުން ދެނެއް ވޯޓެއް ނުދޭނެ،"