14 Dec 2011, 10:25
ޑިފެންސް މިނިސްޓަރު ތަލްހަތް އިބްރާހިމް ދުއްވާ އޭނާގެ އަމިއްލަ ކާރުކޮޅެއްގެ ބިއްލޫރިގަނޑު ތަޅައިލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޑިފެންސް މިނިސްޓަރު ދުއްވާ ޕްރައިވެޓް ކާރުކޮޅެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ފުލުހުން ތަހްގީގީ ކުރަމުން އަންނަ ކަމަށެވެ.
އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ހަވީރީހިނގުމުގައި ހުންނަ މިނިސްޓަރު ދިރިއުޅުއްވާ ގޭ ކައިރީގައި ކާރު އޮއްވައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މިނިސްޓަރު ދިރިއުޅުއްވާ ގޭ ކައިރީގައި ޕާކްކޮށްފައި އޮތް ކާރު ތަޅާލާފައި ވަނީ ކާރުގެ ފަހަތު ބިއްލޫރިގަނޑު،" ކަމަށް އޮފިޝަލް ވިދާޅުވި އެވެ.