24 Mar 2020, 09:16
މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އެރިޔަސް، ޕެއިޑް ލީވާއި ސަބްސިޑީ ފަދަ އިނާޔަތްތަކެއް ދީގެން ނަމަވެސް މީހުން ވަޒީފާތަކުގައި ބައިތިއްބުމަށް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ގޮވާލައިފަ އެވެ.
ކޮރޮނާއާ ގުޅިގެން މިހާރުވެސް ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެމެޒަން، ވޮލްމާޓް އަދި ޓާގެޓް ފަދަ ކުންފުނިތަކުން ވަނީ މުސާރަ ބޮޑުކޮށް މުވައްޒަފުންނަށް ބޯނަސް ދޭން ނިންމައިފަ އެވެ. އެހެން ނަމަވެސް، އެއާލައިންތަކާއި ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރިތައް އިނދަޖެހި ވަޒީފާތައް ދަނީ ގެއްލެމުންނެވެ.
ކޮރޯނާއާ ގުޅިގެން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން 25 މިލިއަން މީހުންގެ ވަޒީފާ ގެއްލިދާނެކަމަށްވެސް އައިއެލްއޯއިން ވަނީ ލަފާކޮށްފަ އެވެ.
އދ. ގެ ދަށުން ހިންގާ އައިއެލްއޯ ޖަމިއްޔާއިން ހެދިއެސެސްމަންޓެއްގައި25 މިލިއަން މީހުންގެ ވަޒީފާ ގެއްލިދާނެކަމަށް ލަފާކުރި ނަމަވެސް، ދުރާލާ ހަރުދަނާ ފިޔަވަޅު އަޅައިފިނަމަ އެ އަދަދު ކުޑަކުރެވިދާނެކަމަށް ބުނެފައިވެ އެވެ.
އެގޮތުން 2008 އަދި 2009 ގައި ދުނިޔެއަސް ކުރިމަތިވި މާލީ ހީނަރުކަމުގައި ވަޒީފާތައް ގެއްލުނު އަދަދަށް ވުރެ ކުޑަކުރެވިދާނެކަމަށް ވަނީ ބުނެފައެވެ. އެފަހަރު 22 މިލިއްނެއްހާ މީހުންގެ ވަޒީފާ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެއްލުނެވެ.
އައިއެލްއޯއިން ހެދި އެސެސްމަންޓްގައި ވަނީ އެކި ކަހަލަ ސަބްސިޑީ ނުވަތަ ޕެއިޑް ލީވް ދީގެން ނަމަވެސް މުވައްޒަފުން ވަޒީފާގައި ބެހެއްޓުމަށް ގޮވާލައިފަ އެވެ. އޭގެ އިިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޓެސްކްއިން ލުއިދީ އެހެނިހެން ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލައިފަ އެވެ.
އެ އެސެސްމަންޓް ރިޕޯޓްގައި ބުނީ މުވައްޒަފުންނަށް ސަރުކާރުން ހިންގާ ޕަބްލިކް އެމްޕްލޯއިމަންޓް ޕްރޮގްރާމްތައް މެދުވެރިކޮށް ވެސް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދެވިދާނެ ކަމަށެވެ. ނޫނީ މަދުން މަސައްކަތް ކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުން ނޫނީ ވަގުތީގޮތުން ކޮންމެވެސް ކަހަލަ އިނާޔަތެއް ދީގެންވެސް މުވައްޒަފުން ގެންގުޅެވިދާނެކަމަށެވެ.
ވަޒީފާ ނެެތް މީހުންގެ އިތުރުން އަންޑާ އެމްޕޮލޯއިމަންޓްވެސް ވަރަށް ބޮޑަށް އިތުތުވެގެންދާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަންޑާ އެމްޕްލޯއިމަންޓަކީ ފުލްޓައިމް ވަޒީފާ ނޫނީ އެމީހަކު ކިޔެވި ދާއިރާ ނުވަތަ ހުނަރު ހުރި ދާއިރާތަކުގެ ބަދަލުގައި އެހެނިހެން ދާއިރާތައް ނުވަތަ އާދައިގެ މަސައްކަތް ކުރުމެވެ.
ވަޒީފާ ނެތް މީހުންގެ އަދަދު މަދުވުމުން ގިނަ ބަޔަކަށް ލިބޭ އާމްދަނީވެސް ވަރަށް ބޮޑަށް މަދުވެގެންދާނެ އެވެ. އެގޮތުން 860 ބިލިއަނާއި 3.4 ޓްރިލިއަން ޑޮލަރު އިގްތިސާދުން މަދުވެގެންދާނެކަމަށް ވަނީ ބެލެވިފަ އެވެ. އޭގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ބޮޑަށް އަސަރުކުރާނެ އެވެ.
"މިއީ ހަމައެކަނި ސިއްހީ ބޮޑު ކާރިސާއެއް ނޫން. މީގެ ސަބަބުން ވަޒީފާގެ ބާޒާރަށާއި އިގްތިސާދަށްވެސް ވަރަށް ބޮޑަށް ލޮޅުން އަރާނެ." އައިއެލްއޯގެ ޑިރެކްޓަރު ގައި ރައިޑާ ވިދާޅުވި އެވެ.