ވޮޝިންގޓަން (ޑިސެމްބަރ 13) : އެމެރިކާ ޕާކިސްތާނަށް މިހާރު ދެމުން ގެންދާ ފައިސާގެ ތެރެއިން 700 މިލިޔަން ޑޮލަރު ނުދީ ހިފެހެއްޓުމަށް ކޮންގްރެސްއިން ނިންމައިފިއެވެ.

އަފްޣާނިސްތާނާއި ޕާކިސްތާން ގުޅިފައިވާ ސަރަޙައްދުގައި އިންދާފައިވާ ގޮވާތަކެތި ސާފުކުރުމުގައި ޕާކިސްތާނުގެ އެއްބާރުލުން ލިބެންދެން މި 700 މިލިޔަން ޑޮލަރު ނުދީ ހިފެހެއްޓުމަށް ނިންމީ ކަމަށް ކޮންގްރެސްގެ ކަމާބެހޭ ކޮމިޓިން ނިންމި ނިންމުމުގައި ވެއެވެ. ކޮންގްރެސްއިން މިގޮތަށް ނިންމާފައިމިވަނީ ނޭޓޯއިން ޕާކިސްތާނަށް ޙަމަލާދީ ޕާކިސްތާނު ސިފައިންގެ 25 މީހަކު މަރާލުމާގުޅިގެން ނޭޓޯއާ ދެކޮޅަށް ޕާކިސްތާނުން ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އަޅާފައިވަނިކޮށެވެ.

މިފިޔަވަޅުތަކުގެ ތެރޭގައި އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ސިފައިންނަށް ގެންދާ ސަޕްލައިތަކަށް ހުރަސްއެޅުމާއި ނޭޓޯގައި ހިމެނޭ އެންމެ ބޮޑުޤައުމު ކަމަށްވާ އެމެރިކާ ބޭނުންކުރުމަށް ދީފައިވާ ޕާކިސްތާނުގެ ޢަސްކަރީ ބައެއްބޭސްތަކުން އަނބުރައި އަތުލުން ހިމެނެއެވެ. -- އަލްޖަޒީރާ