ވަޒީފާއަށް ބިދޭސީން ގެނައުމުގެ ކުރިން އިތުރު ހުއްދައެއް ހޯދަންޖެހޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ނިންމީ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ރާއްޖެއަށް އަންނަ ބިދޭސީންނަށް ރާއްޖެ އެތެރެ ވެވޭނީ އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައަކާ އެކު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހަމަޖެއްސުމާ ގުޅިގެންނެވެ.

އިމިގްރޭޝަނުން އިއްޔެ ނެރުނު އިއުލާނުގައި ވާގޮތުން އަލަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދައިގެން ވަޒީފާއަށް އަންނަ ބިދޭސީންނާއި ޗުއްޓީއަށް ދިޔުމަށްފަހު އެނބުރި އަންނަ ބިދޭސީން ވެސް ޚާއްސަ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށެވެ.

އެ ހުއްދައަށް އެދޭ ފަރާތްތަކުން ބިދޭސީ މީހާ ރާއްޖެ އެތެރެވުމުގެ 48 ގަޑިއިރު ކުރިން އެ މިނިސްޓްރީއަށް ފޯމަކުން އެކަން ހުށަހަޅަންޖެހޭނެ ކަމަށެވެ.

މިއީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގައި ކޮންމެހެން ގެންނަންޖެހޭ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލްގެ އިތުރުން ހޯދަންޖެހޭ ހުއްދައެކެވެ.

އެ ހުއްދައަށް އެދޭ ފޯމް އިކޮނޮމިކް މިނިސްޓްރީގެވެބްސައިޓުން ލިބެން ހުންނާނެއެވެ. އެ ފޯމް ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށެވެ. އީމެއިލް އެޑްރެހަކީ[email protected]އެވެ.