މާލެ ސަރަހައްދުގެ ކެެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ހިދުމަތް މެދުކަނޑާލަން އަންގާފައިވާ އެންގުމާއެކު،ގާޑިޔާ ތަކުގެ ހިދުމަތް ވެސް މެދުކަނޑާލައިފި އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އާއި ގުޅިގެން ،ރޭ މެންދަމު 12 އިން ފެށިގެން ސަރަހައްދުގައި ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގެ ޑައިން އިން ހިދުމަތް މެދުކަނޑާލަން ވަނީ އަ ންގައިފައެވެ. ނަމަވެސްއެތަންތަނުން ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.

މާލޭގައި ގާޑިޔާ ތައް ބަލަހައްޓަނީ ސިޓީ ކައުންސިލުންނެވެ. އެ ކައުންސިލުން ބުނީ މާލެ ސަރަހައްދުގެ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމަށް ޕަބްލިކް ހެލްތުގެ ޑިރެކްޓަރު ޖެނެރަލް އަންގަވާފައިވާ އެންގުމުގެ ދަށުން ގާޑިޔާ ތަކުގެ ހިދުމަތް ވެސް ބަންދުވާނެ ކަމަށެވެ.

ކޮރޯނާ އާއި ގުޅިގެން ،މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކޮށްފައިވާއިރު، ޒަރޫރީ ބޭނުމަކަށް ނޫނީ ސަރުކާރު މުވައްޒަފުން ބޭރަށް ނިކުމެ ނޫޅުމަށް ވަނަ އިލްތިމާސް ކޮށްފަ އެވެ.

ޖުމްލަކޮށް ހުރިހާ ރައްޔިތުން ވެސް ބޭރަށް ނިކުމެ ނޫޅުމަށް ސަރުކާރުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ރާއްޖެއިން 13 މީހަކު ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާއިރު، ތިން މީހަކު ބަލިން ރަނގަޅު ވެފައިވާކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.