13 Dec 2011, 17:16
ސްޕެނިޝް ލަލީގާގެ އެއްވަނާގައި އޮތް ބާސެލޯނާ ވައްޓާލުމަށް ފަހު އަލުން އެއްވަނަ އަށް އެރުމަށް އުންމީދުކުރާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ލަލީގާގައި ބާސާ އާއި ދެކޮޅަށް ރެއާލް ކުޅުނު މެޗުން ބަލިވީ 3-1 ލަނޑުން ނެވެ. އެމެޗު ބާސާ އިން ކާމިޔާބު ކުރީ ރެއާލް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރަ އެވެ.
"ސެވިއްޔާ އަތުން އަހަރެން މޮޅުވެއްޖެނަމަ، އަލުން އެއްވަނަ މަގާމު ލިބޭނެ. އެއަށްފަހު އަހަރެމެން ޖެހޭނީ އެމަގާމު ގައި އޮތުމަށް އަލުން މަސައްކަތް ކުރަން." މޮރީނިއޯ ބުންޏެވެ.
މިސީޒަނުގައި ވާދަވެރި ބާސާ އާއި ދެކޮޅަށް ރެއާލް އިން ލަލީގާއި އަދި އެއްމެޗު ކުޅެން ޖެހޭނެ އެވެ. އެމެޗު ކުޅޭނީ ބާސާގެ ދަނޑު ކަމަށްވާ ކޭމްޕް ނޯ ސްޓޭޑިއަމްގަ އެވެ.