22 Mar 2020, 00:18
ކޮރޯނާ ވައިރަސް އާ ގުޅިގެން އިމްޕޯޓްކުރާ އިތުރު ތަކެތީގެ ޑިއުޓީތައް ކަސްޓަމްސްއިން ކަނޑާލައިފިއެވެ.
މީގެ ކުރިން ވަނީ ރާއްޖެ އެތެރެކުރާ ސާޖިކަލް މާސްކާއި ސެނިޓައިޒާއިން ނަގަމުން އައި ޑިއުޓީވެސް ކަސްޓަމްސްއިން ވަނީ ކަނޑާލައިފައެވެ.
އަލަށް ޑިއުޓީ މާފްކުރި ތަކެތީގެ ތެރޭގައި ޕްރޮޓެކްޓިވް މާސްކާއި ހޭންޑް ވޮޝްއާއި ޕްރޮޓެކްޓިވް ގްލޯވްއާއ ފޭސްޝީކްޑާއި ޑިސްއިންފެކްޓް ހިމެނެއެވެ.
ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނު"ގެ އަށް ވަނަ މާއްދާގެ ހ. އަދި ށ. ގައިވާ ގޮތުން، މުޅި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް ޓަކައި ނުވަތަ ވަކި ރަށެއްގެ މަންފާއަށް ޓަކައި ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރުމުގެ ބާރު ވަކި ހާއްސަ ހާލަތްތަކެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެ އެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު، ސާޖިކަލް މާސްކާއި ސެނިޓައިޒާގެ ޑިމާންޑް ރާއްޖޭގައިވެސް ވަނީ ބޮޑުވެފަ އެވެ. އަދި އެތަކެތިން ލިބުން ދަތިވެ އަގުވެސް ވަނީ ބޮޑުވެފަ އެވެ.