22 Mar 2020, 09:36
ކާމިޔާބު ފިލްމު "ޑިސްކޯ ޑާންސާ" އިން ވިދައިލި ލަވަ "އައި އެމް އަ ޑިސްކޯ ޑާންސާ" ލަވައިގެ އާ ވީޑިއޯ ލަވައެއް ޓައިގާ ޝްރޮފް އާއެކު ގެނެސްދީފިއެވެ.
މިތުން ޗަކްރަބަތީ 1982 ގައި ކުޅުނު ކާމިޔާބު ފިލްމު "ޑިސްކޯ ޑާންސާ" ގެ ލަވައިގެ އާ ވާޝަނެއް ޓައިގާ ގެ ހުނަރުވެރި ނެށުންތަކަކާއެކު ގެނެސްދީފައިވާއިރު އެ ލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ބެނީ ދަޔާލް ގެ އަޑުން އެ ލަވަ ގެނެސްދީފައިވާއިރު ލަވައިގެ މިއުޒިކް ކުޅުނީ ސާލިމް ސުލައިމާނެވެ. އެ ލަވައިގެ ކޮރިއޯގްރަފާ އަދި ލަވަ ޑައިރެކްޓްކުރީ ބޮސްކޯ މާޓިސްއެވެ.