21 Mar 2020, 12:19
ނ. ރަންދެލީގައި ހިންގާ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ ވިލާއެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާން ރޯވެފައި ވަނީ އެ ރިސޯޓުގެ 47 ވަނަ ވިލާގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ފަތިހު 03:40 ހާއިރު ކަމަށާއި، ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް ވިލާ 47 ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޝެވަލް ބްލޮންކް ރަންދެލި ރިސޯޓަކީ ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ތެރެއިން ގުނާލެވޭ ރިސޯޓެކެވެ.