ސ. ފޭދޫގައި ބަނގުރާ ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. ރޭ ދަންވަރު އެމީހާ ހައްޔަރު ކުރީ ހަތަރު ފުޅި ބަނގުރާ ހިފައިގެން ނުކުމެ ރާ ވިއްކަން އުޅެނިކޮށެވެ.

ފުލުހުން ބުނި ގޮތުގައި ފޭދޫ އެވަރެސްޓް، އިބްރާހިމް ސޯލިހް 25، ހައްޔަރު ކުރީ އޭނާ ބަނގުރާ ވިއްކާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރޭ މެންދަމު 2:40 ހާއިރު އެވެ.

ސޯލިހްގެ އަތުން ފެނުނު ހަތަރު ފުޅި ބަނގުރަލަކީ ވެސް ބޭރުން ރާއްޖެ އެތެރެކޮށްފައިވާ ބަނގުރާ ކަމަށް ފުލުހުން ބުންޏެވެ. ފަހަކަށް އައިސް ރާއްޖޭގެ އެކި ރަށްރަށުގައި ބަނގުރާ އުފައްދައި އޭގެ ވިޔަފާރި ކުރެ އެވެ.