ކޮރޯނާވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ނ. ރަންދެލީގައި ހިންގާ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން އެކަހެރި ކުރި ބިދޭސީ މީހާ ބައްޔަށް ނެގެޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ އެމީހާގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާތީ، އެ ރިސޯޓު މިހާރު މޮނިޓަރިންގެ ހާލަތުން ދޫކޮށްލާފައިވާ ކަމަށެވެ.

ޓެސްޓުގެ ނަތީޖާ ލިބެންދެން އޭނާ ބަހައްޓާފައި ހުރީ ހޯމް އައިސޮލޭޝަންގަ އެވެ.

ކޮރޯނާވައިރަހަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިފައިވާ ވިލާގެ ޕެރަޑައިސް އައިލެންޑް ރިސޯޓުން ސާމްޕަލް ނެގި 10 މީހުންގެ ނަތީޖާ ވެސް ވަނީ ނެގެޓިވް ވެފަ އެވެ. އެހެންކަމުން އެ ރިސޯޓުވެސް މިހާރު ވަނީ މޮނީޓަރިން ހާލަތުން ނަގައި، އަލުން ހުޅުވާލާފަ އެވެ.

މިހާތަނަށް ކޮރޯނާވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 13 ބިދޭސީންނެވެ. އެއީ ހަތަރު ރިސޯޓަކާއި އެއް ސަފާރީއަކުންނެވެ. މީހުން ދިރިއުޅޭ އެއްވެސް ރަށަކުން އެއްވެސް މީހެއް ވައިރަހަށް ޕޮޒިޓިވްވެފައި ނުވެ އެވެ.