19 Mar 2020, 20:17
ރިސޯޓުތަކުގައި ހިންގާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެން ސްޕާތައް ބަންދުކުރަން އެޗްޕީއޭއިން އަންގައިފި އެވެ.
އެޗްޕީއޭއިން ބުނީ ރިސޯޓުތައް ފިޔަވައި ރާއްޖޭގެ އެހެން ތަންތަނުގައި ހިންގާ ސްޕާތައް މިރޭ 12:00އިން ފެށިގެން ބަންދުކުރަން ޖެހޭނެ ކަމަށެވެ.
ސްޕާތައް އަލުން ހުޅުވޭނެ ތާރީހެއް ބަޔާންކޮށްފައިނުވާއިރު، އެޗްޕީއޭއިން ބުނީ ވަކި ގޮތެއް އަންގަންދެން މިކަން ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ.
މި އެންގުމުގެ ދަށުން ސެލޫންތަކުގައި ހިންގާ ސްޕާތައް ބަންދުވާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.
ރާއްޖެއިން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މިމަހު ހަތް ވަނަ ދުވަހުއެވެ. އެފަހުން 14 ދުވަސްވެފައިވާއިރު، ރިސޯޓުތަކާއި ސަފާރީތަކުން މިހާތަނަށް 13 މީހަކު އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.