19 Mar 2020, 19:54
މެދު ރާއްޖެތެރޭގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހެކި ނެތިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.
އެ މައްސަލަގައި ފަސް މީހުން ހައްޔަރުކުރިއިރު އެ އެންމެންވެސް މިހާރު ތިބީ ދޫކޮށްލައިފައެވެ.
ޕަބްލިކް ޕްރޮސިކިއުޓަރ އަހްމަދު ޝަފީއު "ސަން" އަށް ވިދާޅުވީ ހެކި ނެތުމުން ޑިއުޓީ ޕްރޮސިކިއުޝަނުން އެ މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ 22ގައި ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި 19 އަހަރުގެ ދެމީހުންނާއި 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް ހިމެނެއެވެ.
އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ ގެސްޓްހައުސްއަކަސް ގެންގޮސްގެނެވެ.
ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވަމުން އަންނަ އިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ. އަދި މިފަދަ މައްސަލަތައް އަވަހަށް ނިންމައި، އިންސާފު ލިބުން އަވަސް ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.