19 Mar 2020, 18:41
މިިދިޔަ އަންގާރަ ދުވަހު މަޖީދީ މަގުގައި ގުރޫޕަކުން ޒުވާނެއްގެ ގައިގާ ތަޅައިގަތް މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މަޖީދިމަގު ހީނާމާގެ ޕާކިންޒޯން ކައިރީގައި ހަތަރު މީހުންގެ ގްރޫޕަކުން ސައިކަލެއްގައި ދިޔަ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވަނީ އަންގާރަ ދުވަހު ހަނދުނުއެވެ.
ގްރޫޕަކުން ޒުވާނާގައިގައި ވަރަށް ގިނައިން ފައިންތަޅާ ވަނީ އަނިޔާކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން އިއްޔެ ދެ މީހަކު އަދި ރޭ ފަތިހު އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ހައްޔަަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 18 އަހަރުން ދަށުގެ މީހަކާއި 19 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށެވެ.