19 Mar 2020, 13:33
ކޮވިޑް-19 އިން ރައްކާތެރިވެ ވައިރަސް ޖެހިފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔެއް ކަމަށްވާ ޒްލަޓަން އިބްރަހިމޯވިޗް ފަަންޑެއް ހުޅުވައިފި އެވެ.
އެ ވައިރަސް ފެތުރުން ކޮންޓްރޯލުކުރުމަށް ކުރަމުންދާ މަސައްކަތައް އެހީތެރިވުމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިޔާ ޕޯލް ޕޮގްބާ ވަނީ ދާދި ފަހުން ފަންޑެއް ހުޅުވައިފަ އެވެ.
އިބްރަހިމޯވިޗް ދާދި ފަހުން ހުޅުވި ފަންޑު މެދުވެރިކޮށް އާންމުންގެ އިތުރުން ހޮސްޕިޓަލުތަކަށް ބޭނުންވާ ތަކެތި ގަތުމަށް މާލީ އެހީތެރިވާނެއެވެ.
އޭނާ ބުނެފައި ވަނީ އެ ފަންޑުގެ އަމާޒަކީ އެއް މިލިއަން ޔޫރޯގެ ލިމިޓަށް ވާސިލުވުން ކަމަށެވެ. އަދި އެ ފަންޑު ފަށުމުގެ ގޮތުން އިބްރަހިމޯވިޗް ވަނީ 100،000 ޔޫރޯ އެ ފަންޑަށް ލައިފަ އެވެ.
"އެކި ފެންވަރުގައި މި ވައިރަސް ހުއްޓުވައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ އެންމެނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" އޭނާ ބުންޏެވެ.
އިބްރަހިމޯވިޗް ބުނީ މިހާރު ވެސް އެ ފަންޑަށް އެކި ފަރާތްތަކުން ފައިސާ ފޮނުވަމުންދާ ކަމަށެވެ. އެގޮތުން އާންމުންގެ މީހެއް ވަނީ 15،000 ޔޫރޯގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.