19 Mar 2020, 08:36
ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން،
ކޮރޯނާވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެވަލް ބްލޮންކް ރަންދެލި ރިސޯޓު (ނ. ރަންދެލި)އިން ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ، ޓެސްޓުގެ ނަތީޖާ ލިބެންދެން އޭނާ ހޯމް އައިސޮލޭޝަނަށް ދާން އަންގާފައިވާ ކަމަށެވެ.
އަދި އެ ރިސޯޓު މިހާރު މޮނިޓަރިންގެ ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. އެ ހާލަތުގައި ރިސޯޓަށް އަރައި ފޭބުން ވަގުތީގޮތުން މަނާވާނެއެވެ.
މިހާތަނަށް ކޮރޯނާވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 13 ބިދޭސީންނެވެ. އެއީ ހަތަރު ރިސޯޓަކާއި އެއް ސަފާރީއަކުންނެވެ. މީހުން ދިރިއުޅޭ އެއްވެސް ރަށަކުން އެއްވެސް މީހެއް ވައިރަހަށް ޕޮޒިޓިވްވެފައި ނުވެ އެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ 463 ސާމްޕަލްއެއް ނެގި އިރު، 450 ސާމްޕަލް ވަނީ ވައިރަހަށް ނެގެޓިވް ވެފައެވެ. މިހާތަނަށް ނަތީޖާ ލިބިފައި ނުވަނީ 35 ސާމްޕަލެއްގެ އެވެ.
ކަރަންޓީން އަދި އައިސޮލޭޝަންގެ ތަފްސީލު:
- ވިލިވަރު - 25 ކަރަންޓީނުގައި
- ހުޅުލޭ އައިލެންޑް ހޮޓެލް - 57 ކަރަންޓީނުގައި
- ފަރުކޮޅުފުށި - 15 އައިސޮލޭޝަންގައި
- ދަރުމަވަންތަ ހޮސްޕިޓަލް - 2 އައިސޮލޭޝަންގައި
- އއ. ވެލިދޫ - 0