ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން މާވެލްގެ "ބްލެކް ވިޑޯ" ރިލީޒްކުރުން ފަސްކޮށްފިއެވެ.

ސްކާލޮޓް ޖޯންސަން ބްލެކް ވިޑޯގެ ރޯލުން ފެނިގެންދާ އެ ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އަންނަ މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް19 ގެ ސަބަބުން ފިލްމު ވަނީ ވަކި މުއްދަތެއްނެތި ފަސްކޮށްފައެވެ.

ސްކާލެޓް ޖޮހޭންސަންގެ އިތުރުން މި ފިލްމުން ފެނިގެންދާނީ ރޭޗަލް ވިޒް، ޑޭވިޑް ހާބަރ އަދި ފްލޮރޭންސް ޕަގްއެވެ.

މާވެލްގެ ބްލެކް ވިޑޯ ރިލީޒްކުރުން ފަސްކުރިއިރު ޑިޒްނީގެ "މުލާން"ވެސް ވަނީ މުއްދަތެއް ނެތި ފަސްކޮށްފައެވެ.

ހޮލީވުޑްގެ ގިނަ ފިލްމުތަކެއް ފަސްކުރަމުން ދާއިރު ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ވެސް އަންނަނީ ކޮރޯނާވައިރަހުގެ ސަބަބުން ފަސްކުރަމުންނެވެ. އަދި އެކަމުގެ ސަބަބުން ގިނަ ސިނަމާތަކެއް ވެސް މިހާރު ވަނީ މުއްދަތެއް ނެތި ބަންދުކޮށްފައެވެ.