އެންޒީ މަސްދަޅު ފްރީ ޑެލިވަރީ ޚިދުމަތަށް ވަރަށް ބޮޑު ޑިމާންޑެއް އޮތުމާއިއެކު، އެންޒީގެ ހުރިހާ ފިހާރަތަން ކުރިއަށް އޮތްތަނުގައި ވެސް ގޭގެއަށް މަސްދަޅު ޑެލިވަރީކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެންޒީގެ އެސިސްޓަންޓް މެނޭޖަރ، ސޭލްސް އެންޑް މާކެޓިންގް އަހުމަދު އަބްދުއްރަހީމް ވިދާޅުވީ ކުރިއެކޭ އެއްފަދައިން އެންޒީގެ ފިހާރަތަށް ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން 10:00 އަށް ހުޅުވިފައި ހުންނާނެ ކަމަށެވެ.

"ކޮންމެހެން ފިހާރައަށް ވަޑައިގަންނަވާކަށް ނުޖެހޭނެ. ގޭގައި ތިބެގެން ވެސް މަސްދަޅު ގަނެވޭނެ. އަދި ގޭގައި ތިބެގެން ފައިސާ ވެސް ދެއްކޭނެ،" އަހުމަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހޮޓްލައިން ނަމްބަރ 7248899 (މާލޭގެ ކަސްޓަމަރުން) އަދި 7258899 (ހުޅުމާލޭގެ ކަސްޓަމަރުން) އަށް ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދު ގުޅުއްވުމަށްފަހު ބޭނުންފުޅުވާ އަދަދާއި ބާވަތް (ފެން/ތެޔޮ)، އެޑްރެސް އަދި ގުޅޭނެ ނަމްބަރ ދެއްވުމުން އަޅުގަނޑުމެން ޑެލިވާރ ކޮށްދޭނަން،" އަހްމަދު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ހާސްކަމެއްގައިވާ މި ދުވަސްވަރު، އެންޒީގެ މަހުގެ ހުރިހާ ބާވަތެއްވެސް އެއްވެސް ދަތިކަމަކާއިނުލާ ރީޓެއިލް އަދި ހޯލްސޭލްކޮށް ލިބޭނެ އިންތިޒާމްތަށްވަނީ ހަމަޖެހިފައެވެ.

ފްރީ ޑެލިވަރީގެ ޚިދުމަތާއި އެއްކޮށް އެންޒީގެ ދަޅުމަހުގެ އަގުވެސް މިހާރުވަނީ ހެޔޮކޮށްފައެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ ހުރިހާ ބޭފުޅުންގެ ވަގުތު ސަލާމަތްކޮށްދީ ގޭގަ ރައްކާތެރިކަމާއިއެކު ތިއްބަވައިގެން އަޅުގަނޑުމެންގެ ޚިދުމަތް މާލެ އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފޯރުކޮށްދިނުން. އަޅުގަނޑުމެން ޑެލިވާރ ކުރާނީ އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން ލޭބަލް ޖަހާފައިވާ މަސްދަޅު. އެހެންކަމުން ކޮންމެ ބޭފުޅަކަށްވެސް އިތުރު ފައިދާއެއް ލިބިގެންދާނެ،" އަހްމަދު ވިދާޅުވިއެވެ.

ދަޅުން ލޭބަލް ނައްޓާލެއްވުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރު 5040 އަށް އެސްއެމްއެސް ކޮށްގެން އަގުހުރި ފައިސާގެ އިނާމުތަކެއް ލިބުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށްވެސް ވަނީ ހުޅުވާލެވިފައެވެ.